ދުނިޔޭގެ ޗާޓުގައި ތިކިތަކެއް ފަދައިން ބަބުޅާ ވިދަމުންދާ މިކުޑަ ކުޑަ ދިވެހިރާއްޖެއަކީވެސް މުވާސަލަތީގޮތުން ދުނިޔޭގެ އެހެން ގައުމުތަކާއި އެއް ހަމައަކަށް ދަތުރު ކުރަމުން އަންނަ ގައުމެކެވެ. އެގޮތުން ރައްޔިތުންގެ އިތުބަރާއި ޔަގީންކަން ލިބިފައިވާ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އަށް މިއަދު 31 އަހަރު ވެފައިވާއިރު ދިރާގަކީ 1 އޮކްޓޫބަރ 1988 ގައި ޤާއިމް ކުރެވުނު ދިވެހިރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ފަރާތެވެ. މިއަދުވެސް ދިރާގަކީކުރިއެކޭ އެއްފަދައިން އެޚިދުމަތްތައް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމުގައި ދެގޮތެއްނުވެ ތިބި އެއް ފަރާތްވެސްމެއެވެ.

އަހަރަކަށް ވުރެ އަހަރެއް ކުރިއަރަމުން އަންނަ މި މުވައްސަސާގެ ފަރާތުން 1989 އަހަރާ ހަމައަށް އައި އިރު މާލޭގެ ކޮޕަރ ނެޓްވޯކްއަށް ފާހަގަކުރެވޭ ބަދަލުތަކެއް ވަނީ ގެނެވިފައެވެ. އެއަށްފަހު 1991 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަފަހަރަށް ޕޭޖަރުގެ ޚިދުމަތް އެފަރާތުންވަނީ ފޯރުކޮށްދީފައެވެ. އޭގެ 5 އަހަރު ފަހުން އަނެއްކާވެސް ދިވެހިނެޓުގެ ނަމުގައި ރާއްޖެއަށް ފުތަރަމަ ފަހަރަށް ޑަޔަލް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށް، އެޑުވާންސް މޯބައިލްފޯން ސިސްޓަމް މެދުވެރިކޮށް 1997 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް މޯބައިލް ފޯނުގެ ޚިދުމަތް ދޭން ފަށާފައެވެ.

ކުދި ޖަޒީރާވަންތަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ރާއްޖެ މުވާޞަލާތީ ގޮތުން ގުޅާލުމަށް 1999 ވަނައަހަރު 200 ރަށަށް ވަނީ ދިރާގުގެ ފަރާތުން ފޯނުގެ ހިދުމަތް ފޯރުކޮށްދީފައެވެ. ހަމަ އެއަހަރު މޯބައިލް ފޯނުގެ ޚިދުމަތް އެމް.އެސް ސިސްޓަމަށް ބަދަލުކުރެވި ފާހަގަ ކުރެވޭ ކުރިއެރުންތަކެއް އެފަރާތުން ވަނީ ހޯދާފައެވެ. ދިވެހިން ކުރިޔަށްވުރެ ތަހުޒީބަށް ލޯހުޅުވި މުޅިރާއްޖޭގެ ރައްޔިތުން ފޯނުބޫތު ތަކަށް ނޫނެކޭބުނީ ދިރާގުން ގެނައި މި ބަދަލާއި ގުޅިގެން ކަމާމެދު ޝައްކެއްނެތެވެ.
ރާއްޖެއާއި އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން ބަދަހިކޮށް 2006 ވަނަ އަހަރު ރާއްޖެއާއި ސުރީލަންކާއާއި ދެމެދު ސަބްމެރިން ކޭބަލަކުން ގުޅާލާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޕްޓިކަލް ސަބްމެރިން ކޭބަލް ޚިދުމަތްދޭން ފެށުނެވެ. އަދި ހަމަ އެހެންމެ އެއަހަރު ވަނީ އޭޑީއެސްއެލް ގެ ޚިދުމަތް ރާއްޖޭއަށް ތަޢާރަފް ކޮށްފައެވެ.

ދިރާގަކީ ގިނަ ފާޑުކިޔުން ތަކަކާ ކުރިމަތި ލަމުން އަންނަ އެހެންނަމަވެސް ފަހަތަށް ބެލުމެއްނެތި ރައްޔިތުންގެ ލޯބި ހޯދަމުންއަންނަ ކުންފުންޏެކެވެ. އެގޮތުން 2010 ވަނަ އަހަރު 3 ޖ.ީއެޗް.އެސް.ފީ.އޭގެ ޚިދުމަތް ތަޢާރަފް ކޮށް، އޭގެ ދެ އަހަރު ފަހުން 4 ޖީ.އެލް.ޓީ.އީ ޚިދުމަތް އެކުންފުނިން ވަނީ ތަޢާތަފްކޮށްފައެވެ. އޭގެ ފަހުން "އަލްޓުރާ ފާސްޓް ބްރޯޑް ބޭންޑު'' ގެ ނަމުގައި ވީ.ޑީ.އެސ.ްއެލް ގެ ޚިދުމަތް 2014 ވަނަ އަހަރު ދޭން ފެށިއެވެ.
2015 ވަނަ އަހަރު މުހިއްމު ގިނަ ބަދަލު ތަކަކާއި އެކު ދިރާގު ޓިވީ ގެ ނަމުގައި ސްޓްރީމިންގ ޓީވީގެ ޚިދުމަތް ދިރާގުން ތަޢާރަފް ކޮށް ''4 ޖީ ޚިދުމަތުގެ އެލްޓީއީ އެޑްވާންސް'' ޚިދުމަތް ފުރަތަމަ ތަޢާރަފް ކުރި ދެކުނު އޭޝިޔާގެ ޤައުމުގެ ގޮތުގައި ދިރާގުން ރާއްޖޭގައި ވަނީ މި ޚިދުމަތް ފަށާފައެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކާމިޔާބީތައް ދިރާގުން މިވަނީ ހޯދާފައެވެ.
ދިރާގަށް 31 އަހަރު ވެގެން ދިޔައިރު، ނިމިގެން ދިޔަ އަހަރުތަކެކޭ އެއްގޮތައް ހިނގަމުން މިދާ 2019 ވަނަ އަހަރުވެސް އެފަރާތުން ދަނީ ފާހަގަ ކުރެވޭ ބަދަލު ތަކެއްގެނެސް އިތުރު ބަލަލުތަކެއް ގެންނަން މަސައްކަތްވެސް ކުރަމުންނެވެ.
އޭގެ އިރުތުން ދިރާގާއި އެފަރާތުން ޚިދުމަތް ހޯދާ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އެފަރާތުން ދަނީ ބާއްވަމުންނެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި ހާއްސަ އެހީއަށް ބޭނުން ވާ ފަރާތްތަކަށް އެހީދިނުން ފާހަގަކުރެވެއެވެ. މީގެ އިތުރުން ދިރާގު ރޯޑްރޭހުގެ ނަމުގައި އެފަރާތުން ބައްވަމުން އަންނަ އެންމެ ބޮޑު ހަރަކާތް ނިމި ދިޔަ ސެޕްޓެމްބަރު މަހު، ވަރަށް ކާމިޔަބު ކަމާއެކު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ކުޑަކުދިންނާއި ގުޅުންހުރި ތަފާތު ކަންތައްތައްވެސް އެފަރާތުން ދަނީ ރާވާ ހިންގަމުންނެވެ.
ރާއްޖޭގެ މުވާޞަލަތުގެ ތާރީހުގައި މިއަދަކީ މުހިއްމު ދުވަހަކަށް ވާއިރު އަޅުގަނޑުމެންގެ ފަރާތުން އެ މުވައްސަސާގެ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!