މީގެ 53 އަހަރު ކުރިން، އެމެރިކާގެ ސެނެޓަރ ރޮބަރޓް އެފް ކެނެޑީ އަވަހާރަކޮށްލުމާއި ގުޅިގެން ހައްޔަރުގައި ހުރި އުމުރުން 77 އަހަރުގެ ސިރުހާން ސިރުހާން ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ކެނެޑީގެ 2 ދަރިން އެދިއްޖެ އެވެ.
ޤާތިލް ސިރުހާން ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ކެނެޑީގެ ދެ ދަރިން ސިރްހާންއާއި އެއްކޮޅަށް ވާހަކަދެއްކުމުން ޕްރޮސެކިއުޓަރ ވަނީ ސިރްހާން އިތުރަށް ޖަލުގައި ބަންދުކޮށްފައި ނުބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް ބަހުސްކޮށްފައެވެ.
ކެނެޑީގެ ދަރިފުޅު ޑޮއުގްލަސް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕަ 1968 ވަނަ އަހަރު ބަޑި ޖަހާ އަވަހާރަކޮށްލާފައިވާ ސިރްހާންގެ ނަން އެކި ގޮތްގޮތަށް އޭނާ އަޑުއަހާފައިވާކަމަށް ބުނެފައިވެއެވެ. އެނަން އިވުމުން ބިރު ގަންނަ ކަމަށާއި ނަމަވެސް ސިރްހާނާއި ދިމާއަށް މިއަދު ބެލުމުން އޭނާއަކީ ހެޔޮ ލަފާ އިންސާނެއްގެ ގޮތުގައި ބެލެވޭކަމަށް ބުނެފައިވެއެވެ. އަދި އޭނާ އަކީ އެހެން މީހުންނަށް ނުރައްކާވާނެ މީހެއް ނޫން ނަމަ އޭނާ ޖަލުގައި އިތުރަށް ބެހެއްޓުމަށް ނުފެންނަކަމަށް ބުނެފައިވެއެވެ.
ކެނެޑީގެ 9 ކުދިންގެ ތެރެއިން 6 ކުދިން ވޯޓްދީފައިވަނީ ޕެރޯލްގެ ދަށުން ދޫކޮށްނުލާ ސިރްހާން ޖަލުގައި ބެހެއްޓުމަށެވެ. ކެނެޑީގެ ބައެއް ކުދިން އެއްބަސްވެފައިވަނީ ބައްޕަގެ މަރުގެ ތަހުގީގެއް އަލުންކުރުމަށާއި އިތުރު ޤާތިލެއް ބަޑި ޖަހައި ފިލާފައިވާކަމަށް ބުނެއެވެ. ސިރްހާން ވަނީ ކެނެޑީގެ ދަރިއަކާއި 2018 ވަނަ އަހަރު ޖަލުގައި ބައްދަލުކޮށް މަޢާފަށްވެސް އެދިފައެވެ. އޭނާ ސިރްހާންއާއި ބައްދަލުކޮށްފައިވަނީ ސިރްހާންއަށް ތުހުމަތުކޮށް ދައްކާފައިވާ ހެކިތަކާއި މެދު ޝައްކުވާތީއެވެ. އޭނާ އަކީ ބައްޕަގެ ޤާތިލަށް ނުވެ އެއްވެސް ކުށެއް ނެތް މީހަކަށް އަދަބު ދެވިދާނެކަމަށް ދެކި އެކަމުގެ ބިރުގަންނާތީކަމަށް އޭނާ ބުނެފައިވެއެވެ. އަދި ބައްޕަ އަކީ އިންސާފާ ހަމަ ހަމަކަމަށް ލޯބި ކުރާ މީހެއް ކަމުން ކުށެއްނެތް މީހަކަށް އަދަބު ދިނުމަކީ ބައްޕަ އެދޭނެކަމެއް ނޫންކަމަށްވެސް ކެނެޑީގެ ދަރިފުޅު ބުނެފައިވެއެވެ.
ޕްރޮސެކިއުޓަރ ސިރްހާން ދޫކޮށްލުމަށް އަދި ނިންމާފައި ނުވާއިރު މީގެ ކުރިންވެސް 16 ފަހަރެއްގެ މަތިން ވަނީ ދޫކޮށްލުމަށް އެދިފަ އެވެ. ކުރިއަށް އޮތް 90 ދުވަސް ތެރޭގައި މިފަހަރު ގޮތެއް ނިންމުމަށް ކެލިފޯނިއާގެ ޕެރޯލް ބޯޑާއި ވަނީ ހަވާލުކޮށްފައެވެ. އެއަށްފަހު ގަވަރނަރަށް 30 ދުވަހުގެ މުއްދަތެއް ސިރްހާން ދޫކޮށްލަން ފެންނަކަމަށް ނުވަތަ ނޫންކަމަށް ކަނޑައެޅުމަށް ފުރުސަތުދެވޭނެކަމަށް ޚަބަރުތައްބުނެއެވެ.
އެންމެ ފުރަތަމަ ސިރުހާންގެ މައްޗަށް އިއްވާފައިވަނ މަރުގެ އަދަބެވެ. ފަހުން އުމުރުދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށް 53 އަހަރު ޖަލުގައި ހޭދަކުރަމުންއަންނަ ސިރްހާން ބުނެފައިވަނީ އޭނާ ކެނެޑީ މަރާނުލާކަމަށެވެ. އަދި ކެނެޑީގެ މަރާއި ގުޅޭ އެއްވެސް ކަމެއް ހަނދާން ނުވާކަމަށް ބުނެފައެވެ.

1968 ވަނަ އަހަރު ޖޫން މަހުގެ 6 ވަނަ ދުވަހު ބަޑިޖަހާ ކެނެޑީ އަވަހާރަކޮށްލާފައިވަނީ ޕްރައިމަރީގައި ވާދަކޮށް ރައީސްކަމަށް ކުރިމަތިލުމަށް ކެމްޕެއިންކުރަމުން ދަނިކޮށް ލޮސްއެންޖެލިސްގައި ހުންނަވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!