ށ. ފުނަދޫގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވުމުން އެރަށް މޮނިޓަރިން ހާލަތުން މިރޭ ވީއްލައިފިއެވެ.

ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައީ، އެރަށު ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން އެރޭ 23:04 ގައެވެ.

Ad
rt

ޕޮޒިޓިވްވި ބިދޭސީންނަކީ ކަރަންޓީނު މުއަދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި ބައެއް ނަމަވެސް، އެރަށް މޮނިޓަރިންނަށްލީ ޕޮޒިޓިވްވި މީހުން ކަރަންޓީނު އުސޫލާ ޚިލާފް ވެފަވުމުންނެވެ.

އެރަށް މޮނިޓަރިންގައި އޮތުމާއެކު ކޯވިޑް ބަލި ފެތުރިފަވޭތޯ ދެނެގަތުމަށް 127 ރެންޑަމް ސާމްޕަލެއް ނެގިއެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބުނުއިރު ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފައެވެ.

ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ކަރަންޓީނުން ވީއްލިނަމަވެސް، ހދ. އަތޮޅުގެ ވެރިރަށް ކުޅުދުއްފުށީ ސިޓީއާއި، ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އަދިވެސް އޮތީ މޮނިޓަރިންގައެވެ. މިވަގުތު އަތޮޅުތަކުގެ 51 ރަށެއް މޮނިޓަރިންހާލަތުގަ އެބައޮތެވެ.