ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރުން 2 މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ 3 މީހަކު ނިޔާވެފައި ވާާކަމަށެވެ. އެ ގޮތުން ނިޔާވި ފުރަތަމަ މިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ( އެޗްއެމްއެފް) ގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނުންކަމަށް އެޗްޕީއޭ އިން ވިދާޅުވީ އެވެ. އަދި އޭނާ ނިޔާވެފައިވަނީ ރޭގެ ދަންވަރު 02:24 ހާއިރުކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވީ އެވެ.

Ad
rt

މީގެ އިތުރުން މިއަދު ހެނދުނު 06:30 ގައި ވެސް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެފައެވެ. އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ދެން ރާއްޖޭން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްފެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 86 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވި އެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 09:05 ގައި ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވި އެވެ

މިއާއިއެކު ރާއްޖޭން ކޮވިޑް 19 ގައި ނިޔާވި މީހުންގެ އަދަދު މިވަނީ 90 އަކަށް އަރާފައެވެ. އަދި ރާއްޖޭން އިއްޔެ އެކަނިވެސް ވަނީ 1216 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 1013 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން 201 މީހަކާއި ރިސޯޓުތަކުން އެކެކެވެ އަދި ބޭރުން އައި 1 މީހެކެވެ. މިވަގުތުވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ 259 ބަލިމީހުން އެބަ ތިއްބެވެ.