ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެއާކޮންޑިޝަންތައް ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އެއާކޮންޑިޝަންތަކަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސް ވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ސޮއިކުރީ މިއަދުއެވެ.

Ad
rt

އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ.އެފް.ސީ 22 ގޭސް އެކުލެވޭ އެއަރކޮންޑިޝަނަރތައް، ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އެއަރކޮންޑިޝަނަރތަކަށް ބަދަލުކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި އެ މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

''މި ޕްރޮޖެކްޓް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި 1،125،660 ރުފިޔާމިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދުގެ ފަންޑެއް ދިނުމަށް ނިންމާފައިވާ އިރު، މި ފަންޑުން މިބުރުގައި 46 ސްކޫލެއްގައި ހުރި އާރް 22 ގޭސް ބޭނުންކުރާ 142 އެއަރކޮންޑިޝަނަރ ބަދަލުކުރެވޭނެ.'' އެ މިނިސްޓްރީއިން ވިދާޅުވެފަ ވެއެވެ.

މިއަދު މިވެވުނު އެއްބަސްވުމަކީ މިހާރު ހައިޑްރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ގޭސް ބޭނުންކުރާ އޭސީތައް ބަދަލުކުރުމަށްޓަކައި ނިއު ޒިލޭންޑްގެ ސަރުކާރުގެ ފަރާތުން ހިންގާ "ގޯ ގްރީން" ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.