ފަތުރުވެރިކަމުގެ ސިނާއަތުގައި ހއ. އަތޮޅަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ކުރިއަށް އެއަތޮޅުގައި ރޭވިފައިވާކަންކަމާއި މެދު މަޝްވަރާ ކުރެއްވުމަށް ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްގެ އަރިހަށް ޒިޔާރަތް ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
މިބައްދަލުވުން އޮތީ މިއަދު ޓޫރިޒަމް މިނިސްޓްރީގަ އެވެ. މިބައްދަލުވުމާއި ގުޅޭ ގޮތުން ތިލަދުން އަށް މަޢުލޫމާތު ދެމުން ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް (ސައްލޭ) ވިދާޅުވީ މިއީ ހއ. އަތޮޅުގައި ގެސްޓް ހައުސްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރަންހުރި މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށާއި އެދާއިރާގައި ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ކުރިއަށްދިޔަ ބައްދަލު ވުމެއްކަމަށެވެ.
ސައްލޭ އިތުރަށް ވިދާޅުވީ ހއ. އަތޮޅުގައި ހިންގަމުން އަންނަ މަނަފަރު ރިސޯޓުން ވަރަށް ގިނަ ޒުވާނުންގެ ވަޒީފާ ގެއްލެމުންދާ މައްސަލަ، މިނިސްޓަރުގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް، މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެދެނީ ވަޒީފާ ގެއްލިގެންދާ ހުރިހާ ޒުވާނުންނަށް ވީހާވެސް އަވަހަކަށް ރަނގަޅުގޮތެއް ވެގެން ދިއުން
ސައްލޭ ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެންބަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިބައްދަލުވުމުގައި ހއ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރަން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށާއި އެގޮތުން މާފަރު، އުލިގަމު ސިޓީ ހޮޓާ، ވަށަފަރު ސިޓީ ހޮޓާ އަދި ކެލާ ގެ އިތުރުން އެއަތޮޅުގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، ހއ އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަތޮޅުގެ އަދި ވަކިން ޚާއްޞަކޮށް ދިއްދޫގެ ޒުވާނުންގެ ވަޒީފާއާއި އެހެނިހެން ކަންކަމުގައި ދިމާވަމުންދާ ދަތިތަކަށް އަލިއަޅުވާލައި ވާހަކަ ދެކެވި މަޝްވަރާކުރެވުނެވެ. އަދި އެ ކަންކަމަށް ސަރުކާރުން ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ތިލަދުންމަތީގެ މެމްބަރުންނަށް އެރުއްވިއެވެ.
ތިލަދުންމަތީގެ މެމްބަރުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއެކު ބާއްވަމުންގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓަރާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގެ ތަފްސީލް ހާމަކުރަމުން ދިއްދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ވަޙީދު ވިދާޅުވެފައިވެއެވެ.
ބާރަށު ދާއިރާގެ މެންބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވީ އަލަށް ޓޫރިޒަމް މިނިސްޓަރ ކަމަށް އައްޔަން ކުރެވުނީ ތިލަދުންމައްޗަށް ނިސްބަތްވާ މެންބަރެއްކަމުން އަދި އެއީ ހއ. އަތޮޅަށް އުފަން ބޭފުޅަކަށް ވުމާއި އެކު މިބައްދަލުވުމަކީ މިނިސްޓަރަށް މަރުހަބާ ދެންނެވުމަށާއި އެއަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮތްކަން ފާހަގަ ކުރެވިފައިވާނެ ކަމަށެވެ. އަތޮޅުގައި ހުރި ކަންބޮޑުވުންތަކަށް އަވަސް މުސްތަގުބަލެއްގައި ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި ކަމުގައި ފާހަގަ ކުރެއްވި އެވެ.

އަދިވެސް އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަންހުރި މަސައްކަތްތައް އެދެވޭ ދުވެއްޔެއްގައި ކުރިއަށް ނުދޭ. އަތޮޅުގައިހުރި ރިސޯޓުތަކުގެ މުއައްޒަފުންނަށް ދިމާވެފައިވާ ގޮންޖެހުންތަށް ވަޒީރުގެ ސަމާލުކަމަށް ގެނެވުނު. ހއ އަތޮޅުގެ ޓޫރިޒަން އެއްޕުލޭން އެއްގެ ދަށުން ތަރައްޤީކުރުމަށް މާސްޓަރ ޕުލޭނެއް އެކުލަވާލުމަށް މަޝްވަރާ ކުރެވުން.
އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ތިލަދުން އަށް މަޢުލޫމާދު ދެމުން ވިދާޅުވެފައިވެ އެވެ.
ހއ. އަތޮޅު 5 މެންބަރުން ފާހަގަ ކުރެވިފައިވަނީ އަތޮޅުގެ ކަންކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ މެންބަރުން ތަކެއްގެ ގޮތުގައެވެ. މީގެ ކުރިންވެސް ހއ. އަތޮޅުގެ 5 މެންބަރުން ވަނީ އަތޮޅުގެ ކަންބޮޑުވުންތަކާއި އެކު އެކި ވުޒާރާތަކާއިއެކު ބައްދަލުވުން ބާއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!