އިންޑިޔާގެ މައިސޫރުން މަތީ ތަޢުލީމު ޙާސިލުކުރައްވާފައިވާ ޝިފާޢުވަނީ ތަޢުލީމާއި، އުނގަންނައިދިނިމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވާފައެވެ. އިހަވަންދޫ ސްކޫލުގެ ޓީޗަރުކަމާއި، ހއ. ބާރަށު ސްކޫލްގެ ހެޑް މާސްޓަރުކަން ކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އިންތިޚާބީ ރައީސްގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްކަން ފުރުއްވާފައިވެއެވެ. މީގެއިތުރުން އެމްޑީޕީގެ އިހަވަންދޫ ގޮފީގެ ނައިބު ރައީސްކަމާއި، އިހަވަންދޫ ޑެވަލޮޕްމަންޓް ސޮސައިޓީގެ އެސިސްޓަންޓް އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ.