އެމްޑީޕީގެ އެންމެ ޅަފަތުއްސުރެން ޕާޓީގެ އިސް ޙަރަކާތްތެރިއެއްގެގޮތުގައި ހުންނެވި އަޙްމަދު ޢަބްދުﷲވަނީ 2009 ވަނައަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. ޓޫއޭގެ ނަމުގައި ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގަވަމުންދާ އަޙްމަދު ޢަބްދުﷲވަނީ ތަކަންދޫ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާގެ ރައީސްކަމުގެގޮތުގައި 10 އަހަރު ޚިދުމަތްކުރައްވާފައެެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުގެ މަޤާމުގައި މިހާރުވެސް ހުންނެވި އަޙްމަދު ޢަބްދުﷲއަކީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، ހަމައާއި، އިންސާފުގެ ޙައްޤުގައި ދެގޮތެއްނުވާ ގަދަ އަޑެކެވެ.