މަޝްހޫރު ޅެންވެރިޔާ އާދަމް ސަލީމުގެ ދަރިކަލުން، އަޙްމަދު ސަލީމް (ސައްލެ)ވަނީ އިނގިރޭސިވިލާތުގެ ލެންކެސްޓަރ ޔުނިވަރސިޓީއިން ތިމާވެށީގެ ރޮނގުން މާސްޓަރސް (ޑިސްޓިންކްޝަން) ޙާސިލުކުރައްވާފައެވެ. އެންވަޔަރްމަންޓް ރިސާރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްކަމާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމު ސައްލެވަނީ ފުރުއްވާފައެވެ. މިވަގުތު އޭނާއަކީ މޯލްޑިކެއާ އަދި ރާއްޖެ ޓީވީގެ ކޯ-ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރެވެ.