ތިލަދުންމަތީގެ މަސްވެރިން މަސްބާނަމުންދާ މަހަށް ހަމައަގު ނުލިބޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާ ގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތޭވީސްވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާ ގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވީ މަސްވެރިކަމަކީ ތިލަދުންމަތީގެ ރައްޔިތުން ކުރާ މަސައްކަތެއް ކަމަށާއި ނަމަވެސް މަސްބާނަމުންދާ މަހަށް، މިއަދާ ހަމައަށް ވެސް ހަމަ އަގު ނުލިބޭކަމަށެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަރަށް މަސްވެރިކަން ރަނގަޅުވެގެން ދިޔަ ނަމަވެސް އަދު ނުލިބޭތީ ނުވަތަ ގަނެވޭނެ، ވިއްކޭނެ ގޮތެއް ނެތީމަ މަސްވެރިން ވަނީ މާޔޫސްވެ، ކަންބޮޑުވެފައި ކަމަށެވެ.

Ad
rt

މެމްބަރު ޖަމްޝީދު މިހެން ވިދާޅުވީ، ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ ، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަދިނުމާ ގުޅޭ ގޮތުން ހުށަހަޅާ ގަރާރުގެ އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

"މަސްވެރިންގެ ޢާއިލާތަކަށް، މަސްވެރިންނަށް މާޔޫސްކަން ފިލައި ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމުގައި ދެކެން."

ޖަލްސާފައި އިތުރަށް ވާހަކަ ދައްކަަވަމުން ޖަމްޝީދު ވިދާޅުވީ، މި ގަރާރަކީ ވަރަށް ވެސް މާތް މަޤަޞަދެއްގައި ހުށަހެޅި ގަރާރެއް ކަމުގައި ދެކޭކަމަށާއި ގޮތްހުސްވެ މާޔޫސްވެފައިވާ ދިވެހި މަސްވެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ.

"ދުވަހުން ދުވަހަށް އެ ބޭފުޅުން ބާނާ މަސް، ކުރާ މަސައްކަތުގެ އަގު އަޅުގަނޑު ދަންނަވާނީ ހަމައަގަށް ވުރެ ބޮޑުސިންގާ އަގު، މި އަގު ލިބުމަކީ ދިވެހި މަސްވެރި ޢާއިލާތަކުން ކުރާ އުއްމީދެއް. މާޒީގައި އެ ބޭފުޅުން ކުރި މަސައްކަތަށް ވަނީ އަގު ނުލިބި، ނާއުއްމީދުވެފަ. އެހެންނަމަވެސް، މިއަދު އަދުގެ ސަރުކާރުން، ރައީސް ޞާލިޙް ގެ ސަރުކާރު މިކަމަށްޓަކައި
ހޯއްދަވައިދެއްވާ ޙައްލަކީ އެ ޢާއިލާތަކަށް ނުހަނު މުހިންމު ޙައްލެއް ކަމުގައި ދެކެން" ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވިއެވެ.

ޖަމްޝީދު ވިދާޅުވީ ގާނޫނުހަދާ މަޖިލީހުގައި މިކަމަށް ބަހުސްކުރެވި، ގާނޫނީ ގޮތުން ލިބިދޭ ބާރަކީ މަސްވެރިންނަށް ލިބިދޭ ނުހަނު ބޮޑު ބާރެއްކަމަށެވެ.