ކޮވިޑް ވިލެޖާއި، އެޗްއައިއެޗް ކަރަންޓީނު ފެސެލިޓީ މަރާމާތު ކުރުމުގެ މަސައްކަތުގައި ފެނަކައިން ބައިވެރިވެރިވެއްޖެއެވެ.

ކޮވިޑް-19 ގެ މިހާލަތުގައި، ރައްޔިތުންނާއި ޤައުމުގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ފެނަކައިން ދެމުންދާ އެއްބާރުލުންތަކުގެ ތެރެއިން، ކޮވިޑް ވިލެޖާއި، އެޗްއައިއެޗް ކަރަންޓީނު ފެސެލިޓީ މަރާމާތު ކުރުމުގެ މަސައްކަތުގައި އެކުންފުނީގެ މުވައްޒަފުން މިވަގުތުވެސް ބައިވެރިވަމުން ދާ ކަމަށް އެކުންފުނިން ބުނެއެވެ.

Ad
rt

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ފެނިފައިވާއިރު އެބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންވެސް ދަނީ އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Thiladhun | Voice of Thiladhunmathiކޮވިޑް19 އާއި ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތުގައި ފެނަކައިގެ ބައިވެރިވުމަށް ސަތޭކަ!A hub for conversation about news and ideas from Bodu Thiladhunmathi.

އެ ގޮތުން ފެނަކައިން އެހީތެރިވަމުންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުން ފަރުކޮޅުފުށީގައި ޤާއިމުކުރި ކަރަންޓީން ފެސިލިޓީގެ މަސައްކަތުގައި ބައިވެރިވެ، އަމަލީ ގޮތުން މަސައްކަތް ކުރުމާއި، ޓްރީޓޮޕް ހޮސްޕިޓަލު ސަރަޙައްދުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިމާރަތް ކުރެވޭ 10 ފާޚާނާގެ މަސައްކަތްތާއި، ކ. ވިލިވަރާއި އއ. ވެލިދޫ ކަރަންޓީން ފެސިލިޓީތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ އަސާސީ ޚިދުމަތްތައް ފޯރު ކޮށްދިނުމާއި، ހުޅުމާލޭގައި ސަރުކާރުން ޤާއިމުކުރާ 200 އަށްވުރެ ގިނަ އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތާއި މިނޫންވެސް އެތައް މަސައްކަތެއްގައި އެކުންފުނިން އަންނަނީ ބައިވެރިވަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން އެކި އިދާރާތަކާއި ކުންފުނިތަކުން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މިކުރަމުންދާ މަސައްކަތްތަކަށް ދިވެހި ރައްޔިތުންގެ ޝުކުރާއި ތައުރީފު ހައްގެވެ.