ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ދެމުންދާ އެހީތެރިކަމުގެ ތެރެއިން އެކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް ތަޢާރުފުކޮށްފިއެވެ.

މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުންނާއި، މިއީ މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިދިނުމަށް ކަމަށް އުރީދޫއިން ބުނެއެވެ.

Ad
rt

އިތުރު 25 އިންސައްތަ ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެނެދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ކޮވިޑް-19 ގެ މި ދަތި ވަގުތުގައި ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ގެނެސްދީފައެވެ.

އެގޮތުން އެކުންފުނިން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25 އިންސައްތަ ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީޚުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާދީފައެވެ.

ުމިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ. މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ވަނީ އިތުރު ލުއި، ފަސޭހަކަން ގެނެސްދީފައެވެ. އެގޮތުން ކޮވިޑް-19 ވެބްސައިޓް އަށް ހިލޭ ވަދެވޭނެ ގޮތަށް ހަމަޖެއްސައިދިނުމާއި، ލޯކަލް ނަންބަރުތަކަށް ކުރާ އެސްއެމްއެސް ތައް މުޅިން ހިލޭ ކުރުމާއި،އެޑިއުކޭޝަން އާއި ގުޅިގެން ގޫގްލް ކްލާސްރޫމް ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް 5 ޖީބީ ޑޭޓާ ގެ އެލަވަންސެއް ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމުގެ ގޮތުން އިމަރޖެންސީ ސެންޓަރު ތަކަށާއި، ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަރނެޓް ފޯރު ކޮށްދިނުމާއި، ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ފޮނުވޭ މެސެޖް ތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗްޕީއޭއަށް އެހީތެރިވުން ފަދަ އެތައް ކަމެއް އެކުންފުނިން ވަނީ ފަހި ކޮށްދީފައެވެ.

ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫ މޯލްޑިވްސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.