އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އެމްސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ރިޕޯޓު ހުށަހެޅޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެސްޑީއެފްސީން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

"އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ވެސް ސްޑީއެފްސީން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެ. އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ރިޕޯޓު ހުށަހެޅޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނަން،"

މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކަރުން އަންނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.