ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފިއެވެ.
އެނިންމުމާއި ގުޅިގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުދުއްފުށީގެ ޕާކުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ.
އިތުރަށް އެކައުންސިލުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި އާންމުއެހެން ސަރައްދުތަށް ކަމުގައިވާ މޫދުއެރޭ ސަރަހައްދުތަކަށް ދަތުރު ދިއުމާއި، ކުޅިވަރު ކުޅޭ ސަރަހައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ނަސޭހަތްތެރިވާކަމަށެވެ.
އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ކުޅުދުއްފުށީ ކައުންސިލުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.
އެކައުންސިލުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ހޮނިހިރު ބާޒާރުވެސް ވަގުތީ ވޮތުން މެދު ކަނޑާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!