ޅ. ކުރެއްދޫ ރިސޯޓުން އިތުރު މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން ރާޖޭގައި މިވައިރަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ10 އަކަށް އަރާފައެވެ. މިއާއިއެކު ސަރުކާރުން މިވަނީ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ގިނަ ކަންތައްތަކެއް ނިންމަވާފައެވެ.

ދަރުބާރުގެ ގޭގައި ގައިިމުކޮށްފައިވާ ކޮރޯނާ ވައިރަސް އިމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުން ނިންމި ކަންކަން ވަނީ އިޢުލާން ކުރައްވާފައެވެ.

Ad
rt

ވިލިވަރުގެ ޖާގަ 100 އެނދަށް އިތުރުން

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދިނުމަށް ތަރައްގީކުރި ކ. ވިލިނގިލިވަރު (ވިލިވަރު)ގެ ޖާގަ 100 އެނދަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދުގެ ނޫސްކޮންފަރެންގައި ވިދާޅުވެފައެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ޓްރަސްފަންޑުން 2.1 މިލިއަން ހަރަދުކޮށްގެން ވިލިވަރުގައި ހަދާފައިވާ އައިސޮލޭޝަން ވަސީލަތުގެ މިހާރުގެ ޖާގައަކީ 30 އެނދެވެ.

އެމެރިކާ، ޔޫކޭ އަދި އެފްރިކާ އިން މެޑިކަލް ޓީމެއް ގެންނަންވަނީ ނިންމާފަ

ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން އިންޑަސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާއާއި ޔޫކޭއާއި އެފްރިކާގެ ޑޮކްޓަރުން ނަރުހުން އަދި މިކަހަލަ ކަންކަމަށް އެޓެންޑްކުރާ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޓީމް ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ޓާސްކް ފޯސް ޓީމާއެކު އިންޑިއާއިން އައި މެޑިކަލް ޓީމް ދަނީ މަސައްކަތް ކުރަމުންނެވެ.

ސްޕެއިން، ޖަރުމަނު އަދި ފްރާންސުން މީހުން އައުން މަނާކުރުން

"މިރޭ ދަންވަރު 12:00 ފަހުން ސްޕެއިންގެ އެއްވެސް ސަރަހައްދަކުން ރާއްޖެއަށް ވަގުތީގޮތުން ފަތުރުވެރިން އައުން ހުއްޓާލުން. އޭގެ އިތުރުން ޖަރުމަނާ ފްރާންސްގެވެސް ވަކި ސަރައްހަދުތަކުން މިރޭ ދަންވަރު 12:00 އިން ފެށިގެން ރާއްޖެއަަށް ފަތުރުވެރިން ނާދެވޭ ގޮތަށް މިވަނީ ނިންމާފައި،"

މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ސްޕެއިން އިން މިހާތަނަށް 5,232 މީހުން ވައިރަށް ޕޮޒިޓްވި އިރު، 133 މީހުން ވަނީ މަރުވެފައެވެ. ފްރާންސް އިން 3,661 ޕޮޒިޓިވްވި އިރު، 71 މިހަކު ވަނީ މަރުވެފައެވެ. ޖަރުމަނުން 3,675 މީހުން ޕޮޒިޓިވިވެ، އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ

އެ ތިން ގައުމަކުން މީހުން އައުން މަނާކުރިއިރު، އެންމެ ފުރަތަމަ ރާއްޖެއިން މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރިއެވެ. އަދި އިޓަލީންވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ. އެއާއެކު މި ވައިރަހާ ގުޅިގެން މިހާތަނަށް ހަ ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދުކުރަން އެންގުން

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.

"ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި އަިދ ތަމްރީން ދޭ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން ދެ ހަފްތާއަށް ބަންދުކުރުމަށް ދަންނަވަމެވ. މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ދަންވަމެވެ."

އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

މާލޭގެ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ޓޫރިސްޓުން އައުން މަނާކުރުން

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިރޭ 12 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކްއިންކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އެ އަމުރަކީ، އާންމު ސިއްހަތުގެ ގާނޫނޫގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެޅުމަށް ނިންމި ފިޔަވަޅެއްކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

އެ އެންގުމުގައި އިތުރަށް މިހާރު އެފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި މީހުން، އެމީހުންގެ ބުކްއިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

ރިސޯޓުތަކަށް މީހުން އަރައި ފޭބުން މަނާކުރުން

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ރަށަކަށް ދިޔުމާއި ރާއްޖޭގެ އެއްވެސް ރަށަކުން އެއްވެސް މީހަކު ރާއްޖޭގެ ރިސޯޓަކަށް ދިޔުން ދެ ހަފްތާ އަށް މެދުކަނޑާލަން އަންގާ ކަމަށެވެ.