ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

Ad
rt

މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މި މަރުގެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

ރަޒީން ވަނީ މިދިޔަ 2025 ވަނަ އަހަރު މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލާގައި ހައްޔަރުކޮށްފައެވެ. އަދި އޭގެ ކުރިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކޮށްފައެވެ.