ހުޅުމާލޭގައި ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ނިރޮޅުމަގު ހަތްތަރި މާޓް ކައިރިންނެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 28 ވަނަ ދުވަހުގެ ރޭ 22:21 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހްގީގް ކުރަމުންނެވެ.

މި ފަހަކަށް އައިސް ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.