މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އެ ސާވިސްގެ ޑެޕިއުޓީ ސްޕްރިންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު ސޮބާހް ހަމަޖައްސައިފިއެވެ.
ކަރެކްޝަންސް އިން އެތަނުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސޮބާހު އާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރުމުން އޭނާ އަށް މަރުޙަބާ ކިޔާފައެވެ.
ޑީސީޕީގެ މަގާމަށް މިއަދު ހަމަޖެއްސި ސޮބާހަކީ ސިވިލް އަދި ޕްރިޒަން އޮފިސަރެއްގެ ގޮތުގައި ކަރެކްޝަނަލް ދާއިރާގައި މަސައްކަތް ކުރުމުގެ 21 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
ކަރެކްޝަންސްގެ ޑެޕިއުޓީއަކަށް ކުރިން ހުންނެވީ އިބްރާހިމް މުޙައްމަދު ދީދީ އެވެ. އޭނާ ވަނީ 26 ނޮވެމްބަރު 2025 ގައި މަގާމުން ރިޓަޔާ ކުރަށްވާފައެވެ. އޭނާ ވެސް ވަނީ 19 އަހަރު ކަރެކްޝަންސް އަށް ޚިދުމަތް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!