ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28ވާ ދުވަހު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ހުޅުވަން ވަނީ ނިންމާފައެވެ.

Ad
rt

އެކަމަށް ބާއްވާ ރަސްމިއްޔާތާއި ގުޅުވައި ޖާފަތެއް ބޭއްވުމަށް ދިއްދޫ ކައުންސިލުން ނިންމާފައިވާއިރު، އެ ޖާފަތުގައި ބައިވެރިވުމަށް ރައްޔިތުން އެދެމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ.

އެހެންވެ، ރައްޔިތުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން އެ ރަސްމިޔާތުގައި ބާއްވާ ޖާފަތަށް ސަޤާފީ ކޭން ހަދިޔާ ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ދިއްދޫ ކައުންސިލުން ބުންޏެވެ.

މި ޖާފަތުގައި ކޮންމެ އާއިލާއަކުން ނުވަތަ ގެ އަކުން ނުވަތަ ޖަމިއްޔާ ޖަމާތަކުން ވެސް ބައިވެރިވެވޭނެ ކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ.

އެކަމުގައި ބައިވެރިވުމަށް އެދޭ އެރަށުގެ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ނުވަތަ 7285567 ނަންބަރު ފޯނަށް ގުޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.: