އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ ސިޓީ އަށް މުދާ އުފުލުމުގެ ދަތުރުތައް ފަށައި، ފުރަތަމ މުދާ އުފުލާ ބޯޓު މިއަދު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ.
އެމްޕީއެލުން ބުނިގޮތުގައި މިއީ ކުޅުދުއްފުއްޓާއި ޓުޓިކޮރިންނާ ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަމަށެވެ.
''އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ވީ.ބީ. ޕްރޮގްރެސް ނަމަކަށް ކިޔާ އާންމު މުދާ އުފުލާ ބޯޓު، 127 ޓަނުގެ މުދާއާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފައިފި، މި މުދާގެ ތެރޭގައި އެސް.ޓީ.އޯ.ގެ ޢިމާރާތްކުރުމުގެ ތަކެއްޗާއި، އަމިއްލަ ފަރާތެއްގެ ފަސޭހައިން ހަލާކުވާ ތަކެތި ހިމެނޭ'' އެމްޕީއެލުން ބުންޏެވެ.
General cargo vessel VB Progress arrived in Kulhudhuffushi from Tuticorin, India, carrying 127 tonnes of cargo, including construction materials of STO and perishables of a private party.
This marks the beginning of a scheduled monthly direct cargo service from Tuticorin to… pic.twitter.com/baMblLUCv4
— Maldives Ports Limited (@Portmv) November 21, 2025
''މިއީ ޓުޓްކޮރިންއާއި ކުޅުދުއްފުށި ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަން ފާހަގަކުރަން'' އެމްޕީއެލުން އިތުރަށް ބުންޏެވެ.
ނަމަވެސް މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ސަރުކާރުން ވަނީ ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންނާ ދެމެދު މުދާ ގެނައުމަށް ''ކޮޗިން ކާގޯ ފެރީ'' ނަމުގައި ޚިދުމަތެއް ފަށާފައެވެ. ނަމަވެސް މި ފެރީކޮށްފައި ވަނީ މަދު ދަތުރުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!