ކޮލަމާ" ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހަވީރުއެވެ.

Ad
rt

އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.

ފުލުހުން ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު މެންދުރު 13:25 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ ބޯޓުގެ ކެޕްޓަނަށް ފަރުވާދޭން ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔުމަށް ދަތުރުކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެބޯޓު ގެއްލެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.