ހދ. ނޭކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އިއްޔެ އަޅައި އެރަށު ހޭންޑްބޯޅަ ކޯޓު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.
ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙއްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ހޭންޑްބޯޅަ ކޯޓް ހުޅުއްވައި ދެއްވީ ވެސް ރައީސެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ނޭކުރެންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހޭންޑްބޯޅަ ކޯޓަކީ ސަރުކާރުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްޤީކުރި ކޯޓެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމާލުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވިއެވެ.
މީގެ އިތުރުން އިއްޔެ ވަނީ ނޭކުރެންދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ ބިންގާ ވެސް އަޅާފައެވެ.
މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި އެރަށު ކައުންސިލްގެ އަލީ ސިރާޖެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!