އެއްވެސް ހާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދުކޮށްފައި ނުވާކަމަށް އެ މިސްކިތުގެ އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިއްޔެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި މޯދީ އަށް މާލެއިން މަރުހަބާ ދެއްނެވުމުގެ ހަރަކާތް ކުރިއަށްދިޔަ ވަގުތު ޖުމްހޫރީ މައިދާނާއި އެތަނާއި އިންވެގެންވާ ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާއިރު، އިއްޔެގެ އަސުރުނަމާދަށް އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން ވެސް މަނާކޮށްމަނާކުރިކަމަށް މީސްމީޑިއާގައި އާއި ބައެއް މީޑިއާތަކުން ވެސް ވަނީ ޚަބަރު ފަތުރާފައެވެ.
ފޮޓޯ އާއެކު ބައެއް މީޑިއާތަކުން މި ޚަބަރު ފަތުރަމުން ބުނެފައި ވަނީ އިއްޔެ އިސްލާމީ މަރުކަޒުގައި އަސްރު ނަމާދަށް ބަންގި ގޮވިއިރު އިމާމު ފިޔަވައި ހުރީ އެންމެ މީހެއް ކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން އިސްލާމީ މަރުކަޒުގެ އެއް އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން މީސްމީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ އިސްލާމީ މަރުކަޒު ސަރަޙައްދު ވަކި ވަގުތަކަށް، ވެހިކަލް ވަނުމާއި ޕާކުކުރުން ވަނީ މަނާވެފައި ކަމަށެވެ. އެކަމުގެ ސަބަބުން، އިސްލާމީ މަރުކަޒަށް ނަމާދަށް އާއްމުކޮށް އަންނަމީހުން، ދުރުސަރަޙައްދުގައި ޕާކުކުރަންޖެހޭތިީ ނަމާދަށް އައީ މަދުބައެއްކަމަށް ސައިޚް ވިދާޅުވެފަވެއެވެ.
’’ބަންގި ގޮވިއިރު ވެސް މިސްކިތުގައި ހުރީ އެންމެ މީހެކެވެ. އަދި ނަމާދުގެ ޖަމާޢަތަށް ވެސް ހާޒިރުވީ ފަންސަވީހަކަށް މީހުންނެވެ. އެއްވެސް ޙާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރެއެވެ.’’ ސައިޚް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!