ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި އިސްލާމްދީންވަނީ އާދަމްގެފާނުންގެ ދަރީން އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައިކަން ވަނީ ބަޔާންކޮށްފައެވެ.

Ad
rt

މިމަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫންކަމާއި، މަރުވުމަށްފަހުވެސް މި ދެންނެވި އިޙުތިރާމު ދެމި އޮންނާނެކަން ބަޔާންކޮށް ޤުރުއާނާއި ޙަދީޘްގެ އަލީގައި ދަލީލުތައް ބަޔާންކުރަށްވާފަވެއެވެ.

ޤަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ޙުރުމަތް ކެނޑޭކަމެއްކަން ވެސް ޤުރުއާނާއި ޙަދީޘްގެ އަލީގައި ދަލީލުތައް މި ފަތުވާގައި ވަނީ ބަޔާންކުރަށްވާފައެވެ.

''މިއީ އިސްލާމީ ޝަރީޢަތުގައ،ި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެއެވެ.'' ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ގައި ނުނެފަވެއެވެ.