ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި މިރޭ ކޮށްދެއްވައިފިއެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ރައީސް މުޢިއްޒު ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ތަޢުލީމު އުނގަންނައިދިނުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ޖަމުޢިއްޔާއެކެވެ.

ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސްވެސް ހިންގާ މި ޖަމުޢިއްޔާއިން ހިންގާ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.

މި މުބާރާތް ރަންޔޫބީލް އާ ހަމައަށް އައިސްފައިވާއިރު، މިހާތަނަށް ދިވެހި ގިނަ އަދަދެއްގެ ކުދިންނަށް ޤުރުއާން ކިޔެވުމުގެ ފަންނުން ކުރިއެރުން ހޯދުމަށް ފުރުސަތުތައް ލިބިގެންގޮސްފައިވެއެވެ.