މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިރެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހުއެވެ. މިއީ ދެ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވާ ފުރަަތަމަ ފަހަރެވެ.
އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެކެވެ.
Local Council thakuge Inthikhaab 2020 ah kurimathi lumuge furusathu mirey hulhuvaalaifi pic.twitter.com/dOU8XUTyKz
— Elections Commission (@ElectionsMv) February 4, 2020
މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް އާންމުކޮށްފައެވެ. އަދި ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި 373 ޝަކުވާއެއް ވަނީ ލިބިފައެވެ.
އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މި ހުރިހާ ޝަކުވާތަކަށް ހައްލު ގެނައުމަށްފަހު އަލުން ވޯޓާސް ލިސްޓް އާންމުކުރާނެ. އަދި ރީރަޖިސްޓްރީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 13 ފެބްރުއަރީގައި.
އަކްރަމް ވިދާޅުވިއެވެ.
2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 372 އެވެ. ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ (އަންހެން، ފިރިހެން) ކައުންސިލަރުންގެ އަދަދު 372 އަދި ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދަކީ 179 އެވެ. ރަށު ކައުންސިލްތަކުގެ ޖުމްލަ 923 ކައުންސިލަރުން ހިމެނޭއިރު ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14 އަދި ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން) ހިމެނެއެވެ. މިފަހަރުގެ އިންތިހާބުގައި ސިޓީ ކައުންސިލްގެ މޭޔަރުންގެ ގޮތުގައި 4 އަދި ޖުމްލަ46 ތިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!