ހުޅުމާލޭ ތިން ބިދޭސީންނަށް ހަމަލާދީފިއެވެ.

މިރޭ ހުޅުމާލޭގައި ތިން ބިދޭސީންނަށް ހަމަލާ ދިނީ ތިން ސަރަހައްދެއްގައިކަމުގެ މައުލޫމާތު ލިބެއެވެ.

Ad
rt

މިރޭ އަށެއް ޖަހާކަށް ހާއިރު ދިން ހަމަލާތަކުގައި ޒަޚަމްވެފައި ވަނީ ޗައިނާ ދެ މީހަކާއި، އޮސްޓްރޭލިއާ މީހަކަށެވެ. މީގެ ތެރެއިން ޗައިނާ އެކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީންނެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:10 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ތިން މީހުންނަށް އަނިޔާ ވެފައިވަނީ މާރާމާރީގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ތަފްޞީލް އަންނަނީ....