ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވާއިރު އެ ޤައުމުގެ ސަރުކާރުން މިއަދު އެމަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފިއެވެ. މިގޮތުން މެލޭޝިޔާގެ ސަރުކާރުން ރައީސް މުޢިއްޒަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ.
މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޕުޓުރާޖާޔާގައެވެ. ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިޔާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒަށް މެލޭޝިޔާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ޤައުމުގެ ލީޑަރުން އެކުގައި މެލޭޝިޔާގެ ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯއެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
His Excellency President Dr @MMuizzu was welcomed with an official ceremony today in Putrajaya, by His Excellency Anwar Ibrahim, Prime Minister of Malaysia.
The ceremony started with the Guard of Honour presenting the First Salute, followed by the national anthems of both… pic.twitter.com/FBJOKQV5nV
— Heena Waleed (@MvSpokesperson) April 28, 2025
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އިއްޔެ ފެށިގެން މިމަހުގެ 30 އަށް މެލޭޝިއާއަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!