ހުޅުމާލޭ ވިނަރެސް ފްލެޓެއްގެ އެޕާޓްމަންޓެއްގައި ހޭނެތިފައި އޮތް އަންހެނަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރޭން އަންހެނަކު ރޯއަޑު އިވޭކަމުގެ ރިޕޯޓު މިއަދު (28 އޭޕްރިލް 2025 ވަނަ ދުވަހު)ގެ ހެނދުނު 6:05 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށްގޮސް ވަނީ ގަދަކަމުން އެމީހާ ރޯ އަޑު އިވުނު އެޕާޓްމަންޓްގެ ދޮރު ހުޅުވާފައެވެ. އަދި ދޮރުހުޅުވައި އެޕާޓްމަންޓަށް ވަދެ ބެލިއިރު، ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ،" ފުލުހުންގެ ޚިދުމަތުން ބުނެފަވެއެވެ.
އެއީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ.
އެ އެޕާޓްމަންޓްގައި އެވަގުތު ޢާއިލާގެ މެމްބަރުން ވެސް ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!