ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ގެނެސްފައިވާ ބަދަލުތައް އާންމުކޮށްފައެވެ.
މި ބަދަލުގެ ތެރޭގައި އައިއޭއެސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފައިވާކަން އެ ބޯޑުން ވަނީ ހާމަކޮށްފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން އައިއޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މިހާދު އެ މަގާމުން ވަކިކުރީ ސަރުކާރު ބަދަލުވުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އެއަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 9 ޖެނުއަރީ 2024 ގައި އޭނާ އައިއޭއެސްގެ ޗެއާމަންގެ މަގާމަށް ހަމަޖައްސަވާފައެވެ.
މިހާދު ވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން 2008 ން 2012 އަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!