ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެއެވެ.

އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނީ އިއްޔެއެވެ.

Ad
rt

އުމުރުން 14 އަހަރުގެ، ޚަދީޖާ ޔަލްވީ، މ. އެނބޫމާގެއާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ އެކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރިއިރު، ޖޫން 14 ގެ ފަހުން އެ ކުއްޖާގެ ޚަބަރެއް ޢާއިލާއަށް ވެފައެއްނުވެއެވެ.

އެ ކުއްޖާ ރޭ މާލެއިން ފެނިފައިވާއިރު، އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.