ލައިސަންސް ނެތް މީހަކު ދުއްވި އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.

ފުލުހުން ބުނީ، ސިނަމާލެ ބްރިޖު އެއާޕޯޓު ލައިޓާއި ހިސާބުން އުޅަނދެއް ހުއްޓުވައި ޗެކްކޮށްފައިވާ ކަމަށެވެ.

Ad
rt

ޗެކު ކުރިއިރު އެ އުޅަނދު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އޭނާ ދުއްވި އުޅަނދު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިއްޔެ ވެސް ވަނީ ގަވާއިދާ ޚިލާފަށް ދުއްވި އުޅަނދެއް ބްރިޖް މަތިން ހުއްޓުވާފައެވެ. އަދި އެ އުޅަނދު ޗެކްކުރިއިރު އެއީ ''ބީ'' ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އުޅަނދު ޗެކްކުރިއިރު އެއީ ''ބީ'' ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްކަމަށް ފުލުހުން ބުންޏެވެ.

ބީ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް އޭ ޒޯނުގައި ދުއްވުމާއި އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައިވާތީ ފިޔަވަޅު އަޅައި ފުލުހުން ވަނީ އިއްޔެ އެ އުޅަނދު ވެސް ޓޯކޮށްފައެވެ.