ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ޔަޤީނުންވެސް ދީނަށާއި ޤައުމަށް ވަފާތެރި އިޚްލާސްތެރި މުސްލިމް މުވާތިނަކު ކުރާނެ ކަމެއް ނޫންކަމަށް ސެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ސެއިޚް އެހެން ވިދާޅުވީ މިއަދު ކުރި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ސެއިޚް އިތުރަށް ވިދާޅުވެފައިވަނީ މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށި ކަމެއްނޫން ކަމަށެވެ. އަދި " އަހަރެމެން ބަޔަކާ ދެކޮޅުވެރި ވާނީވެސް އަދި އެކުވެރި ވާނީވެސް ހައްޤުގެ ދިފާއުގައި " ކަމަށް ވިދާޅުވެފައިވެއެވެ.

Ad
rt

ސެއިޚް އެހެން ވިދާޅުވެފައި ވާއިރު، މީސް މީޑިއާގައި ފޭކު އައިޑީތަކުން އެކި މީހުންނަށް ރައްދުދީ، ފުރައްސާރަ ކުރުމަކީ އާންމު ވެފައިވާ ކަމެކެވެ.