ކައުންސިލް އިންތިޚާބުގައި ވޯޓު ދޭނެ މީހުން އިހުތިޔާރު ކުރުމުގައި ފުންކޮށް ވިސްނުމަށް އިލްތިމާސެއް
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުން އިހްތިޔާރުކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ސެއިޚް އިލްޔާސް ހުސައިން އިލްތިމާސް ކުރަށްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި އިސްކޮށް މަސައްކަތްވެސް ކުރަށްވާ ސެއިޚް އިލްޔާސް މި އިލްތިމާސް ކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. ސެއިޚް އިލްޔާސް ކުރެއްވި އެ ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަތަނުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކަ...