ފަތުރުވެރިކަމުގެ ދާއިރާގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ޚިދުމަތްތެރިއެއްގެ ހިތުގެ އުދާސްތައް ސޯސަލް މީޑިއާގައި ބަންޑުން ކޮށްލައިފިއެވެ. މިނިސްޓަރ ޢަލީ ވަހީދަށް ނިސްބަތްކޮށް ދޫކޮށްލި އުދާސްތައް ފުޅާވެ، އިންޑަސްޓްރީގެ ހުރި މައިގަނޑު މައްސަލަތައް ބަންޑުން ކޮށްލިއެވެ.

އޭނާ ބުނެފައިވެއެވެ. " އެދުވަހު ބައިވަރު ވާހަކަ ދެކެވުނެވެ. ވަރަށް އުއްމީދީ ޖަވާބު ތައްވެސް ދެއްވިއެވެ. ނަމަވެސް 2019 ވަނަ އަހަރު މިއޮށް ނިމެނީއެވެ. މިރާއްޖޭގެ ރިސޯޓްތަކުގައި މެދު ކެނޑުމެއްނެތި 21 އަހަރު ވަންދެން މަސައްކަތް ކުރަމުން އަންނަ މީހެއްގެ ހައިސިއްޔަތުން އަދިވެސް މިނިސްޓަރަށް ތަކުރާރު ކޮށް ދަންނަވާލާނަމެވެ."

Ad
rt

އެއަށްފަހު ބުނެފައިވަނީ ޤައުމުގެ ވެރިކަން ދެވިއްޖެކަމަށާއި، މަޖިލީހުގެ ސްޕަރމެޖޯރިޓީވެސް ދެވިއްޖެ ކަމަށެވެ. އެކަމަކު ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިން ގެ ފައިދާ އަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވި، ތަންފީޒު ކުރާ ތަން ނުފެންނަ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާގެ އުދާސްތައް ދޫކޮށްލަމުން އިތުރަށް ބުނެފައިވަނީ، ރިސޯޓް ތަކުގައި ދިވެހިން އުޅެން ޖެހެނީ ބޮންދުން ގެ ގޮތުގައި ކަމަށާއި، ރިސޯރޓްތަކުގައި އުޅޭ ބޭރު މީހުން އިއްޒަތުގައި، ބޮޑު މުސާރަ ގައި ކަމަށެވެ. ދިވެހިއްނަށް ތަފާތު ކުރުން އެހާމެ ބޮޑުވެ، ހުރިހައި މޮޅެއް ބޭރު މީހުއްނަށްކަމަށާއި، އެމައްސަލަތަކަށް ހަށްލެއް ނާންނަ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ރިސޯޓްތަކުގެ ހަޔަރ މެނޭޖްމަންޓް ޑޮމިނޭޓު ކުރަނީ ބޭރު މީހުންކަމަށާއި، ނަމަވެސް ތައުލީމާއި ތަޖުރިބާހުރި އެމަޤާމްތައް ފުރޭނެ ދިވެހިން ބައިވަރުއެބަތިއްބެވެ. އެކަމަކު ދިވެހިއްނަށް ފުރުސަތެއް ނެތެވެ. އެހެން ގޮތެއް ނެތިގެން ނޫނީ ދިވެހިއްނަކަށް ފުރުސަތެއް ނުލިބެއެވެ.

ރިސޯޓްތަކުގެ ބައެއް ޑިޕާރޓްމަންޓްސްތައް ކޮންޓްރޯލް ކުރަނީ ބޭރު މީހުންކަމަށާއި، އެ ޑިޕާރޓްމަންޓްތަކުގައި ތިބެން ޖެހެނީ ވެސް ހުސް ބޭރު މީހުންކަމަށާއި، އެމައްސަލަތަކަށް ހަށްލެއް ނާންނަ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަރވިސްޗާރޖް ދިނުމުގެ ތަފާތުކުރުންތަކަށް ހަށްލެއް ނާންނަކަމަށާއި، ބައެއް ރިސޯރޓްތަކުން ހަދަނީ މަކަރުކަމަށާއި، މިކަންތަށް ބަލާނެ ބަޔަކު ނެތްކަމަށް އޭނާ ބުނެފައިވެއެވެ.

މިނިމަމް ވޭޖް ބިލުގެ ކަންތަކުގައި އައްނަނީ ބަހަނާ ދަށްކަމުންކަމަށާއި، ދިގު ދައްމަމުންކަމަށާއި، ލޭބަރުންގެ ޤާނޫނު އޮތީ ފޮތުގައި ކަމަށް ބުނެފައި ވެއެވެ.

އެބަޔަކު ހިތަށް އެރި ގޮތަކަށް އަމަލު ކުރަނީކަމަށާއި، ސްކޫލް ބޮޑު ޗުއްޓީ އަހަރު މެދު ތެރެ އަށް ބަދަލު ކުރުމަށް ވީ ވައުދު ފެނުނީ ބޮޑު އޮޅުވާލުމަކުންކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާގެ އުދާސްތައް ނިންމާލަމުން ބުނެފައިވަނީ، މިކަހަލަ ކިތައްމެ ކަމެއް މިހެން އޮވެމެ، އަނެއްކާވެސް މިއައްނަނީ ލޯކަލް ކައުންސިލަށް ވޯޓު ހޯދުމަށް ކަމަށެވެ.