ސިޓީތަކުގެ މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފިއެވެ.

މިގޮތައް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ.

Ad
rt

މިބައްދަލުވުމުގައި ސިޓީތަކުގެ މޭޔަރުންގެ މުސާރަ މަހަކު 46،000ރ އަށް، ޑެޕިއުޓީ މޭޔަރުންގެ މުސާރަ މަހަކު 40،500ރ. އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ. އަދި ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ މަހަކު 35،000ރ. އަށް ބޮޑުކުރަން ފާސްކުރިއެވެ.

މާލިއްޔަތު ކޮމެޓީން ވަނީ އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 33،000ރ. އަށް، ރަށު ކައުންސިލްތަކުގެ ރައީސުންގެ 25،500ރ. އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ. ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ މަހަކު 20،000ރ. އަށް ބޮޑު ކުރަން ކޮމެޓީން ފާސްކުރިއިރު، ރަށު ކައުންސިލަރުން 18،000ރ. އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ.

މި ބަދަލުތައް ފާސްކުރީ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުންނެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ ވެރިންނާއި، މަޖިލިސް މެންބަރުންނާއި، ވަޒީރުންގެ މުސާރަތައް ބޮޑުކުރަން ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.