ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު 2024 ވަނަ އަހަރުގެ މަޖިލިސް ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ރަސްމީކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ.

ޝުޖާއު އަކީ އައު ސަރުކާރާ ހަވާލުވާ ވެރިކަން ކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އޭނާ ބާރަށު ދާއިރާ ގޮނޑިއަށް ވާދަކުރައްވާނެކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. އަދި އޭނާ އެ ގޮނޑިއަށް ވާދަކުރައްވަން އެދި ދާއިރާގެ ސަޕޯޓަރުން ވަނީ މީސްމީޑިއާގައި ކެމްޕޭނެއް ވެސް ހިންގާފައެވެ.

Ad
rt

ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި ޝުޖާއު މިއަދު ''އެކްސް''ގައި ވިދާޅުވީ، އެކަމަށް ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ބާރަށު ދާއިރާގައި ބޮޑު ސަޕޯޓެއް އޮންނަ ސުޖާއު ވަނީ 2019 ވަނަ އަހަރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ގޮނޑިއަށް ވާދަކުރައްވާފައެވެ. އޭނާ އަކީ މިވޭތުވި ދުވަސްތަކުގައި ވެސް ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށް އެ ދާއިރާގެ އޭނާގެ ސަޕޯޓަރުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ (2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ) އިންތިޚާބު ބާއްވާފައި ވަނީ ބޭއްވިފައިވަނީ 2019 އޭޕްރިލް 6 ވަނަ ދުވަހުއެވެ.