ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ކެންސަލް ކޮށްފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ.

Ad
rt

މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް ކެންސަލްކުރަން ޕީޖީން އެދިގެން ކަމަށް ހައި ކޯޓުން ބުންޞެވެ.

އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތް ކާމިޔާބީއާ އެކު ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް ގޮވައިލެއްވުމާ އެކު ކަރެކްޝަންސްގެ ނިންމުމެއްގެ ދަށުން ޔާމީން މިހާރު ހުންނެވީ ގޭބަންދުގަ އެވެ