ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިންގައި ވާގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ފާހަގކުރައްވާފައިވެއެވެ.
މިއަދުގެ އިރު އޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލައިލާ ނެރެފައިވާ މި ބުލެޓިން ގައި އިތުރަށް ވިދާޅުވެފައިވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، އެ ސަރަހައްދަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރައްވާފައިވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އެ އިދާރާ އިން ލަފާކުރައްވާފައި ވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ކަނޑުދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދެވުމަށާއި ސަލާމަތީ އާލާތްތައް ހަމަކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!