މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ލެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ފެށި "ހޯޕް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުންނެެވެ.
އަދުރޭ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ފަހު ނޭވާއާ ޖެހެންދެންވެސް މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ކޮންފަރެންސް ފެށިގެންދާއިރު މިއީ އުފާވެރިނޫން ކޮންފަރެންސްއެއްގެ ގޮތުގައި އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން މި ކޮންފަރެންސް އުފާވެރި ނުވަނީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ކޮންފްރެންސަކީ ރައީސް ޔާމީން ހުންނަވަނިކޮށް ބާއްވަން ނިންމާފައިވާ ކޮންފްރެންސެއް. އެކަމަކު ކޮންޕްރެންސްގެ ތައްުޔާރީތައް ކުރިއަށްދަނިކޮށް ރައީސް ޔާމީން ޖަލަށް ހުކުމްކުރެއްވީ. ދާދިފަހުން ޕާޓީގެ ލީޑަރސިޕުން ރައީސް ޔާމީނާ ބައްދަލުކުރިން. އެންމެ ބޭނުންވީ ރައީސް ޔާމީންގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުމެއް. އެކަމަކު އެކަމަށް ގާނޫނު ތަން ނުދޭތީ އެކަން ނުވީ." އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން އަބަދުވެސް ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެއްސުމަށާއި އަޅުވެތި ކަމަށް ކުރިމަތި ކުޑަކޮށް ވެސް މަޑުނުޖެއްސެވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!