ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެ ކައުންސިލް އިދާރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤިރާޔަތު ލެވެލް 1 ، 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

Ad
rt

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް އެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މި މަހުގެ 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވުމަށް ނުވަތަ އެ ކައުންސިލަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ކައުންސިލުގެ އިދާރާގައެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމަށާއި ބީލަންތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ކައުންސިލު އިދާރާގައެވެ.

ބީލަން ރަޖިސްޓަރީ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/115405.pdf