އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ހައްޔަރު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފި އެވެ.

ބަނގުރަލުގެ މައްސަލައެއްގައި ޝިފާޒް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ރޭ ވަނީ އެކި ފަރާތްތަކުން ޚަބަރު ފަތުރާފަ އެވެ. އެ ވާހަކަތައް ދޮގު ކޮށް ފުލުހުން ބުނީ އެއްވެސް މައްސަލައެއްގައި ޝިފާޒް ހައްޔަރު ކޮށްފައި ނުވާނެކަމަށާއި އަދި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި ޝިފާޒް ފުލުހަށް ހާޒިރު ކޮށްފައިވެސް ނުވާނެ ކަމަށެވެ.

Ad
rt

އެމްޑީޕީގެ ނާއިބު ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ކެންޕޭން ކުރައްވަމުން ގެންދަވާ ޝިފާޒް ވެސް ވަނީ އޭނާ ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

"އެއްވެސް މައްސަލައެއްގައި މިނިސްޓަރު ޝިފާޒް، ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިނުވާ ކަމާއި އަދި ހައްޔަރު ކޮށްފައި ވެސް ނުވާ ކަމަށް ދަންނަވަން."

ފުލުހުންގެ ޓްވީޓެއްގައި ވެއެވެ.

ޝިފާޒް ހައްޔަރު ކޮށްފައިވާ ކަމަށް ޚަބަރު ފަތުރާފައިވާތީ ޝިފާޒުގެ ސަޕޯޓަރުނަ ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެމީހުން ބުނަމުންދަނީ މިއީ ކެންޕެއިންއަށް ނުފޫޒު ފޯރުވަން ބަޔަކު ދައްކާ ވާހަކައެއްކަމަށެވެ.