ހދ. ފިނޭގައި ވޮލީބޯޅަ ކޯޗިންގ ކޭމްޕެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ގުޅިގެން 2026 ނޮވެމްބަރު 10 އިން 20 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
ފިނޭ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ކޭމްޕަކީ ވޮލީބޯޅައަށް ޝައުޤުވެރިކަން ހުންނަ ޒުވާން އަންހެނުންނާއި ފިރިހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކޭމްޕެކެވެ. ހަވީރާއި ރޭގަނޑުގެ ތަމްރީނު ސެޝަންތަކުގައި ޖުމްލަ 27 އަންހެނުން ބައިވެރިވެފައިވެއެވެ.
މި ކޭމްޕުގެ މަޤްޞަދަކީ ބައިވެރިންގެ ވޮލީބޯޅަ ހުނަރު ތަރައްޤީކުރުމާއި، ކޯޓުމަތީގައި އިތުބާރު ބޮޑުކުރުމާއި، އަދި ޓީމެއްގެ ގޮތުގައި އިތުރަށް ހަރުދަނާކޮށް މަސައްކަތްކުރުމަށް އެހީތެރިވެދިނުންކަމުގައި ވެސް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.
މި ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި އެއްބާރުލެއްވުން ދެއްވީތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންއަށް ފިނޭ ކައުންސިލުން ޝުކުރުއަދާކޮށްފައިވެއެވެ. އަދި ކޭމްޕުގެ ބައިވެރިން ސެޝަންތަކަށް ޙާޟިރުވެ މިކަމަށް ދިން އަހަންމިއްޔަތުކަން، ފާހަގަކޮށް ކައުންސިލުންވަނީ ތަޢުރީފުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!