ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 05 ރަށުގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ބާތިލްކޮށް އަނެއްކާ ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރި އިޢުލާންނާއި ގުޅިގެން މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ލިބިފައިނުވާތީ ހއ.ކެލާގެ އިތުރުން ކ.ކާށިދޫ، ޅ.ކުރެންދޫ، ރ.އަލިފުށި، ގ.ދާންދޫގެ ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް އަލުން އިޢުލާން ކުރާކަމަށެވެ.
އެގޮތުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އާއި އެއްގޮތަށް މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) އެ އިދާރާއަށް ހުށަހެޅުމަށް އެފަރާތުން ވަނީ އިޢުލާންގައި ބުނެފައެވެ.
އަދި މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.އަދި ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އެ މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި 30 އޮކްޓޯބަރ 2019 ވަނަ ދުވަހުން ފެށިގެން ޝާޢިއު ކުރެވިފައި ވާނެކަމަށާއި އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެފަރާތުގެ fathmath.rifa@planning.gov.mv އީމެއިލް އަށް ހުށަހެޅުމަށް އެފަރާތުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!