ހދ. މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ.

ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެފަރާތުން ކުރިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ.

Ad
rt

އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ މަކުނުދޫގެ ރައްވެއްސެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި އަދި ގަނޫނީ ނަމްބަރު 2014/18 ނުވަތަ 2014/19 ގެ ދަށުން ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރަތެއް ކަމުގައި ވާންޖެހޭނެކަމަށް އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 06 ނޮވެންބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ކައުންސިލް އިދަރާއަށް މި މަސައްކަތައް އެދި ހުށަހެޅުމަށް އެފަރާތުން އެދިފައިވެއެވެ.