ރާއްޖެ - އިންޑިއާ، ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

239611_11861aaf-2_

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ 6 އެއްބަސްވުމެއްގައި ދެ ޤައުމުގެ ދެމެދުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސޮއިކުރު މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމަށް ސޮއިކުރި އެއްބަސްވުންތައްކުންކުރެ އެއް އެއްބަސްވުންތަކަކީ،

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ"

މި އެއްބަސްވުއަކީ ދެ ޤައުމުގެ ދެމެދުގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅިފައިވާ އެހެނިހެން މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ސައިބަރ ސެކިއުރިޓީ"

މި އެއްބަސްވުއަކީ ދެ ޤައުމުގެ ދެމެދުގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ އިންޑިއަން މިނިސްޓްރީ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކުރުމާއި ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށް މަޢުލޫމާތު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޮލެބޮރޭޝަން އިން ޕޮޓެންޝަލް ފިޝިންގ ޒޯން ފޯރކާސްޓް ކެޕޭސިޓީ ބިލްޑިންގ"

މި އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އަރތް ސައިންސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޑިޒާސްޓަރ މެނޭޖްމަންޓް"

މި އެއްބަސްވުއަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސް އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކާރިސާގެ ޙާލަތްތައް ބެލެހެއްޓުމުގައި ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިގެންދާނެއެވެ.

ޕޮލިސް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެއްބަސްވުން

މި އެއްބަސްވުމަކީ، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު، ޕޮލިސް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

މީގެ އިތުރުން، ހުޅުމާލޭގައި އިތުރު 2،000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލެޓަރ އޮފް އިންޓެންޓް އޮން ބަޔަރސް ކްރެޑިޓް ފަންޑިންގ އެޕްރޫވަލް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް ރަސްމީކޮށް ފަށާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި