Skip to main content
Topic Archive

#ޚާރިޖީ ގުޅުން

20 Stories filed
ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުމަށް ޕާކިސްތާނުގެ އިސް ވަފުދެއް އަންނަ ހަފުތާގައި ރާއްޖެއަށް
International

ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުމަށް ޕާކިސްތާނުގެ އިސް ވަފުދެއް އަންނަ ހަފުތާގައި ރާއްޖެއަށް

ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދުމަށްޓަކައި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭ ވަފުދެއް އަންނަ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިޢުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ އިސްލާމްއާބާދުގައި ބޭއްވި “މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026” ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ، ދެ ގައުމުގެ ދެމ...

ސީދާ ދަތުރުތަކާއި 200 މިލިއަން ޑޮލަރުގެ ވިޔަފާރީގެ އަމާޒާއެކު، ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ސީދާ ދަތުރުތަކާއި 200 މިލިއަން ޑޮލަރުގެ ވިޔަފާރީގެ އަމާޒާއެކު، ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅެކެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިވެ، […]

ބޭހާއި ހަކަތަ އަދި ކޮންސްޓްރަކްޝަން: ޕާކިސްތާނުގެ ބޮޑެތި ކުންފުނިތަކަށް ރާއްޖެއިން މަރުޙަބާ!
Raajje

ބޭހާއި ހަކަތަ އަދި ކޮންސްޓްރަކްޝަން: ޕާކިސްތާނުގެ ބޮޑެތި ކުންފުނިތަކަށް ރާއްޖެއިން މަރުޙަބާ!

ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. އެމަނިކުފާނު މި ދަޢުވަތު ދެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަޤުރީރުކުރައްވަމުންނެވެ. އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ 60 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅ...

ރާއްޖެއާއެކު ވި އެއްބަސްވުންތައް ތަންފީޒުކުރަން އިސްކަންދޭނަން: ޕާކިސްތާނު ސެނެޓުގެ ޗެއަރމަން
Raajje

ރާއްޖެއާއެކު ވި އެއްބަސްވުންތައް ތަންފީޒުކުރަން އިސްކަންދޭނަން: ޕާކިސްތާނު ސެނެޓުގެ ޗެއަރމަން

ރާއްޖެއާއެކު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން، ޕާކިސްތާނުގެ ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ. ޕާކިސްތާނު ސެނެޓުގެ ޗެއަރމަން މި ޔަޤީންކަން ދެއްވީ، ރައީސް މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި، ޗެއަރމަން ގިލާނީ ވަނީ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުނ...

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ރައީސް މުޢިއްޒުގެ އަރިހަށް
Raajje

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ރައީސް މުޢިއްޒުގެ އަރިހަށް

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރައްވައި، އެ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަ...

ރައީސް މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
Raajje

ރައީސް މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ އައިވާން-އީ-ސަދްރުގައެވެ. ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސް މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި އެ ޤައުމުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ބައްދަލުކުރެއްވުމުގެ ތެރ...

ޤައުމަކަށް ލިބޭ ޤަދަރަކީ ޤައުމުގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން: ރައީސް
Raajje

ޤައުމަކަށް ލިބޭ ޤަދަރަކީ ޤައުމުގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން: ރައީސް

ޤައުމަކަށް ލިބޭ ޤަދަރަކީ އެ ޤައުމެއްގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އެމަނިކުފާނަށް “އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް” ގެ ޝަރަފު އެރުވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޝަރަފާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، މީގެ 17 އަހަރު ކުރިން އެމަނިކުފާނު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗ...

13 މިލިއަނުން 200 މިލިއަން ޑޮލަރަށް، ރާއްޖެއާ އެކު ވިޔަފާރި ފުޅާކުރަން ޕާކިސްތާނުން ބޮޑު އަމާޒެއް
International

13 މިލިއަނުން 200 މިލިއަން ޑޮލަރަށް، ރާއްޖެއާ އެކު ވިޔަފާރި ފުޅާކުރަން ޕާކިސްތާނުން ބޮޑު އަމާޒެއް

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން އެކުގައި ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބަޔާނުގައި ބޮޑުވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށ...

ރައީސް މުޢިއްޒުގެ ޚިދުމަތްތައް ފާހަގަކޮށް ޕާކިސްތާނުން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި
Raajje

ރައީސް މުޢިއްޒުގެ ޚިދުމަތްތައް ފާހަގަކޮށް ޕާކިސްތާނުން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. އެމަނިކުފާނަށް އަރުވާފައިވަނީ ހޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފެވެ. މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ދެ ޤައުމުގެ ވެރިން ގުޅިގެން މީޑިއާއަށް ދެއްވި ބަޔާނަށް ފަހުގައެވެ. މި ޝަރަފު އެރުވުމަށްޓަކައި ޚާއްޞަކ...

ދިފާޢީ، ތަޢުލީމީ އަދި ސިއްޙީ ދާއިރާ ހިމެނޭހެން ރާއްޖެ-ޕާކިސްތާނު ދެމެދު 20 އެއްބަސްވުމެއް
Raajje

ދިފާޢީ، ތަޢުލީމީ އަދި ސިއްޙީ ދާއިރާ ހިމެނޭހެން ރާއްޖެ-ޕާކިސްތާނު ދެމެދު 20 އެއްބަސްވުމެއް

ދަތުރުފަތުރާއި ތަޢުލީމާއި ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމަށް ނިންމާފައިވާ ދާއިރާތަކާއި، މިހާރު ވެސް ގުޅުން އޮންނަ ދ...

ރައީސް އަށް ޕާކިސްތާނުން ރަސްމީ މަރުޙަބާ ދަންނަވައިފި
Raajje

ރައީސް އަށް ޕާކިސްތާނުން ރަސްމީ މަރުޙަބާ ދަންނަވައިފި

ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަރަށް ހޫނު އަދި ރަސްމީ މަރުޙަބާއެއް ދަންނަވައިފިއެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ސަލާމްކުރައްވައި ކުރު މުލާޤާތެއް ކުރައްވާފައެވެ. އަދި ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައިވެސ...

އިސްލާމީ އެއްބައިވަންތަކަމާ އެކު ގުޅުން ފުޅާކުރަން މަޝްވަރާކުރައްވައިފި
Raajje

އިސްލާމީ އެއްބައިވަންތަކަމާ އެކު ގުޅުން ފުޅާކުރަން މަޝްވަރާކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ ރައީސް ޑރ. މުޢިއްޒު އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ދަތުރު...

ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮށްފި
Raajje

ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮށްފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އެކުލަވާލުމަށް މަޝްވަރާކުރެވުނު މި ކޮމިޝަން ދާދި އަވަހަށް އެކުލަވާލެވި، އޭގެ ފުރަތަމަ ބައްދަލުވު...

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް، ތެޔޮ ހުރިތޯ ބެލުމަށް އެހީވާނެ
Raajje

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް، ތެޔޮ ހުރިތޯ ބެލުމަށް އެހީވާނެ

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. ދެ ޤައުމުގެ ރަސްމީ މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ޤައުމުގެ މަރުކަޒީ ބ...

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ
Raajje

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑ...