ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނެއް

9BA4C2B3-A6B3-4A5F-BED2-7C8F61879503

ދިވެހި އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނަކު ހިމެނިއްޖެއެވެ.

ފުރަތަމަ ޖައްވީ ޓީމުގައި ހއ. އިހަވަންދުއަށް ނިސްބަތްވާ ޒުވާނަކީ އެރަށު، ވާދީ، މުހައްމަދު ޖުނައިދު އެވެ.

މިކަން ފާހަގަކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާއިން ބުނީ ރާއްޖެއިން ޕްރޮޓޮޓައިޕް ސެޓެލައިޓެއް ހަދައި ޓެސްޓު ކުރުމަށްޓަކައި، އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް، އައިޖީއެސް އިން އެކުލަވައިލި ފުރަތަމަ ޖައްވީ ޓީމުގައި މުހައްމަދު ޖުނައިދު ހިމެނުނު ކަމީ މުޅި އިހަވަންދޫއަށް ލިބުނު ޝަރަފެއް ކަމަށެވެ. 

މީގެއިތުރުން ޖުނައިދަކީ އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާ އިމަގުގެ ޚިދުމަތުގައި ދެމި ހުރި ޒުވާން ދަރުމަވެރިއެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެހެން ކަމުން އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާއިން ވަނީ ޖުނައިދުގެ މި ކާމިޔާބީ ފާހަގަކޮށް ކުރިމަގުގައި ވެސް ޖުނައިދަށް އިތުރު ކާމިޔާބީއަށް އެދޭކަމަށް ބުނެފައެވެ.

ހއ އިހަވަންދޫއަކީ އާބާދީގެ ނިސްބަތުން ތަޢުލީމީ ހުނަރުވެރި ޒުވާނުން ގިނަ ރަށެކެވެ. މީގެ އިތުރުން ދަރިންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމަށް އިހަވަންދޫ ގިނަ ބެލެނިވެރިން ލޯބިކުރެއެވެ.

އެޓީމުގައި އުމުރުން 30 އަހަރުން ދަށުގެ ހަތް މެންބަރުން ހިމެނެއެވެ. އެއީ ފަސް ފިރިހެނުންނާއި ދެ އަންހެނުންނެވެ. މި މިޝަންގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނި އިންޑިއާގެ ތަޖުރިބާ ކާރެއްކަމުގައި ވާ ޑރ. ސްރިމަތީ ކޭސަން އެވެ. އޭނާއަކީ 2017 ވަނަ އަހަރު ނާސާއިން ލޯންޗު ކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓް މިޝަންގެ ވެސް ޑައިރެކްޓަރެވެ.

ސްޕޭސް މިޝަން ޓީމުގައި ހިމެނޭ ހަތް މެންބަރުންނަކީ އެރޯސްޕޭސް އިންޖިނިއަރުންނާއި، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.

އައިޖީއެސް އިން ބުނާ ގޮތުގައި، މި މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓް ކުރުމެވެ. މިއީ ދުނިޔެއަށް ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ހަދާ ސެޓެލައިޓެކެވެ.

ސްޕޭސް މިޝަނަށް ކިޔާނެ ނަމެއް ދިނުމުގެ ފުރުސަތު އެޗްޑީސީން އާންމުންނަށްވަނީ ހުޅުވާލައިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި