Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

194 Stories filed
މޭޔަރު ސައުދުގެ ޝަރީއަތް: ވަކީލަކު ހޯދަން ފަހު ފުރުސަތު ދީފި
News

މޭޔަރު ސައުދުގެ ޝަރީއަތް: ވަކީލަކު ހޯދަން ފަހު ފުރުސަތު ދީފި

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ […]

މޭޔަރު ސައުދަށް ކުރާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި
Raajje

މޭޔަރު ސައުދަށް ކުރާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަށް ސައުދު ހާޒިރު ނުވުމުން އެ އަޑުއެހުން ކެންސަލް […]

މިމަގުން ނުހިނގާށޭ ބުނެ ވަޅިއެއް ހޫރާލުމުން 10 އަހަރަށް ޖަލަށް
Raajje

މިމަގުން ނުހިނގާށޭ ބުނެ ވަޅިއެއް ހޫރާލުމުން 10 އަހަރަށް ޖަލަށް

މީހަކާ ދިމާލަށް މިމަގުން ނުހިނގާށޭ ބުނެ ވަޅިއެއް ހޫރާލި މީހަކު 10 އަހަރަށް ޖަލަށްލައި, 750,000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިދިޔަ މަހު މީހަކު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދަނިކޮށް މިމަގުން އިތުރަށް ނުހިނގުމަށާއި އަދި އިތުރަށް އެ މަގުން ހިނގައިފިނަމަ މަރާލާނެ ކަމަށް ބުނެ ވަޅިއެއް އެ މީހާގެ ބުރަކަށްޓާ ދިމާލަށް ދިއްކުރި މައްސަލާގަ އެވެ. ކްރިމިނަލް […]

އަންހެނެއްގެ ކަރަށް ވަޅި ޖެހި ޖަހަންގިރި 20 އަހަރަށް ޖަލަށްލައި, ހަތް މިލިއަނުން ޖޫރިމަނާ
Raajje

އަންހެނެއްގެ ކަރަށް ވަޅި ޖެހި ޖަހަންގިރި 20 އަހަރަށް ޖަލަށްލައި, ހަތް މިލިއަނުން ޖޫރިމަނާ

ހުޅުމާލޭގެ ފިހާރައެއްގެ ކޭޝިއަރަކަށް ހުރި ބިދޭސީ އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލާގައި ބަންގްލަދޭޝްގެ ޖަހަންގިރި މިއާ 20 އަހަރަށް ޖަލަށްލައި, ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ހުޅުމާލޭގެ ނިރޮޅުމަގުގައި ހުރި ފިހާރައެއްގައި ހުރި ނޭޕާލްގެ އަންހެން ކޭޝިއަރަކަށް ޖަހަންގިރި މިއާ ވަޅިން ހަމަލާދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ މައްޗަށް ކުރި މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވާތީ އޭނާ 20 […]

ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ ހެޑް އެއް އަހަރާއި ހަތް މަހަށް ޖަލަށް
News

ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ ހެޑް އެއް އަހަރާއި ހަތް މަހަށް ޖަލަށް

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މަރިޔަމް ދީނާ ސާލިހް އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލާގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު […]

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ދައުވާ ސާބިތެއް ނުވި؛ ސަބަބަކީ ފޯނު ޑޭޓާއަށް އުފެދުނު ޝައްކު!
Raajje

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ދައުވާ ސާބިތެއް ނުވި؛ ސަބަބަކީ ފޯނު ޑޭޓާއަށް އުފެދުނު ޝައްކު!

ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓް (ނިރުބަވެރި) ހަމަލާއެއް ދޭން ރޭވި ކަމަށް ބުނެ ކުރި މައިގަނޑު ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ކޯޓުން އެ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު ސަބަބަކީ ހެއްކެއްގެ ގޮތުގައި މައްސަލައަށް ހުށަހެޅި މޮބައިލް ފޯނަކުން ނެގި ޑޭޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ. މި މައްސަލައިގައި ދައުލަތުން ޖުމްލަ ހަތް ދައުވާއެއް ކޯޓަ...

ޔާމީން ތަހުގީގުގައި ހުރީ ހަނު, މިހާރު ކޯޓުގައި ދިފާއީ ހެކި ހުށަނޭޅޭނެ: ދައުލަތް
Raajje

ޔާމީން ތަހުގީގުގައި ހުރީ ހަނު, މިހާރު ކޯޓުގައި ދިފާއީ ހެކި ހުށަނޭޅޭނެ: ދައުލަތް

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަހުގީގުގައި ހަނު ހުރެފައިވާތީ, ޝަރީއަތުގައި ދިފާއީ ހެކި ހުށަނޭޅޭނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު, އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. […]

މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ
Raajje

މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ

މީގެ 10 އަހަރު ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އެކަމުގައި އެހީތެރިވި ކަމަށް ބުނެ ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޖޫން, 2016 ގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީ ހައްޔަރުކުރީ އެ ހާދިސާއަށްފަހު އޭނާ ހޯދަމުންދާތާ ތިން އަހަރުފަހުން 2019 ވަނަ […]

މާދަމާއަށް ތާވަލްކުރި ޔާމީންގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލްކޮށްފި
Raajje

މާދަމާއަށް ތާވަލްކުރި ޔާމީންގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވަން ހަމަޖެއްސި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން […]

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް
Raajje

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލާން ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ވެސް ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ. އެ މައްސަލާގައި ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން […]

ޑްރަގްގެ ކުށްތަކަށް ބޭނުންކުރި ގެއެއްގެ ވެރިމީހާ 10 އަހަރަށް ޖަލަށް, އޭނާ ބުނީ ނުހައްގު އަދަބެއް ކަމަށް
Raajje

ޑްރަގްގެ ކުށްތަކަށް ބޭނުންކުރި ގެއެއްގެ ވެރިމީހާ 10 އަހަރަށް ޖަލަށް, އޭނާ ބުނީ ނުހައްގު އަދަބެއް ކަމަށް

މަސްތުވާތަކެތީގެ ކުށްތަކުގައި ބޭނުން ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގ. ޕެލިކަން އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެގެއިން އެހެން ބަޔަކަށް ކުއްޔަށް ދިން ތަނެއްގައި މަސްތުވާތަކެތީގެ ކުށްތައް ތަކުރާރުކޮށް ހިންގަމުން ދިޔަ މައްސަލާގައި އެވެ. މިއީ އެފަދަ މައްސަލައެއްގައި ރާއްޖޭގައި މީހަކު ޖަލަށްލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސް...

މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް
Thiladhunmathi News

މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް

ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި ހދ. ނޮޅިވަރަންފަރު މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މޫސައަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް މުހައްމަދު ބުނެފައިވީ ނަމަވެސް, އޭނާ...

ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
Raajje

ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ލަމްހާގެ މައްޗަށް […]

މޭރީ މަރާލުމުގައި ބައިވެރިކަން ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
Raajje

މޭރީ މަރާލުމުގައި ބައިވެރިކަން ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކްރިިމިނަލް […]

މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ
Raajje

މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މައްސަލާގައި ކްރިިމިނަލް ކޯޓުން މިއަދު ވަނީ މާވިންގެ މައްޗަށް އެނގިހުރެ […]