މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވަނުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

މިގޮތުން 2022-2023 ދިރާސީ އަހަރު މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 ކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުން ފުރުޞަތުވަނީ މިއަދުން ފެށިގެން އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

Ad
rt

މީގެ އިތުރުން މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ އެހެނިހެން ގްރޭޑްތަކަށް ޖާގަ ހޯއްދެވުމަށް ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުން ޖާގަ ހޯއްދެވުމަށް އެދި ހުށަހަޅާ ފޯމުގެ ލިންކް:

https://myoffice.moe.gov.mv/forms/id/2